ހެންވޭރު ގެޔެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ރައުދު އަހުމަދު ޒިލާލްް 21އ، ބަންދުކުރީ މެއި މަހުގެ 15 ވަނަ ދުވަހުގަ އެވެ.
އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
އޭނާ ދޫކޮށްލިކަން ކަށަވަރުވަނީ، އޭނާގެ ބަންދުގެ މައްސަލާގައި ހައިކޯޓަށް އިސްތިއުނާފްކުރި މައްސަލަ ބާތިލްކޮށް އެ ކޯޓުން ނެރުނު އަމުރުންނެވެ. އަމުރުގައި ވަނީ ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައިވާކަން ހާމަކޮށް، މައްސަލަ ބާތިލްކޮށްދިނުމަށް އާއިލާއިން އެދިފައިވާ ކަމަށެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
އެންމެ ފުރަތަމަ ރައުދުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. އެއަށްފަހު 10 ދުވަސް އަދި އަލުން ފަސް ދުވަސް ޖެހުމަށް ފަހު އެންމެ ފަހުން ޖެހީ 20 ދުވަހެވެ. ރައުދުގެ ބަންދު އަމުރުތައް ފަހުން ސިއްރުކުރަން ފެށިއެވެ. އޭނާގެ މުއްދަތު މަޖިލިސްތައް ވެސް ކުރިއަށް ގެންދިއައީ ސިއްރުކޮށްގެންނެވެ.
ޔުމްނުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި މައްސަލައިގައި ހިމެނޭ އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފަރާތައް މިނިވަންކަމާއެކު އުޅެމުން ދިއުމަކީ ނުރަކަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.