ފަސްޓްލޭޑީ އަންހެން ކުދިންނަށް ގޮވާލެއްވީ ފަސްނުޖެހި ކުރިއަށް ދިއުމަށް

FIRST

ފަސްޓްލޭޑީ އަންހެން ކުދިންނަށް ގޮވާލެއްވީ ފަސްނުޖެހި ކުރިއަށް ދިއުމަށް

SHARE

އަންހެން ކުދިންނަކީ ކަންކަމުގައި ކެރިގެން ފަސްނުޖެހި ކުރިމަތިލާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރާއްޖޭގެ ޗީފް ގައިޑް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހިނގާލުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ކުޑައިރު އަންހެން ކުދިންގެ އިސްނެގުމާއި ލީޑާޝިޕްގެ އަޑު އެމީހުންގެ ދިރިއުޅުމުގެ ވަކި ހިސާބަކުން މަޑުޖެހުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. މިކަން ފާހަގަކުރައްވަމުން އެކަމަނާ އަންހެން ކުދިންނަށް ގޮވާލެއްވީ، ފަހަތަށް ނުޖެހި، ކެރިގެން ކުރިއަށް ދިއުމަށެވެ. އެހެން މީހުންނަށް ނަމޫނާ އަކަށްވެ، އިސްނެގުމަށެވެ.

މިފަދަ ދުވަހެއްގައި އަންހެން ކުދިންގެ ޝުއޫރުތަކާއި ގޮންޖެހުންތަކުގެ ވާހަކަ ގާލް ގައިޑުން އިސްވެ ދައްކަމުންދާތީ އުފައްކުރައްވާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ ގައިޑުންނަކީ އަބަދުވެސް ކަންކަމުގައި އިސްނަގައި ނަމޫނާ ބަޔަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެފަދަ މުހިއްމު ހަރަކާތެއްގައި ގިނަ އަދަދެއްގެ އަންހެން ކުދިން ބައިވެރިވުމަކީ އެކަމަނާ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.