MTCC

ރޯދަ މަހުގެ ކަަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

582049649-743657762079843-2113767674490122841-n-1536x1027

ރޯދަ މަހުގެ ކަަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

SHARE

ކުރިއަށް އޮތް ރޯަދަ މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށާއި، ބާކީ ބަޔަކީ ޑިސްކައުންޓް ކަމަށެވެ.

މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ މިދިޔަ ރޯދަ މަސް ތަކުގއި ހަދިޔާ ދޭ ގޮތަށް، އަންނަ ރޯދައިގަ ވެސް ރައްޔިތުންނަށް ހަދިޔާ ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އެގޮތުން،  ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ރޯދައިގަ ސަރުކާރުން ވަނީ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓްދީފައިވެ އެވެ.