ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

large_thumb_1763014749154

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

SHARE

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ބީއެމްއެލްއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ އާ ސަބްސިޑަރީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާމް އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ބޯހިޔާވަހިކަމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން، ބީއެމްއެލް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާ ދެމެދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އަފޯޑަބަލް ހައުސިން ސްކީމް" (އައިއެންއޭއެޗް) ގެ ދަށުން، 3,000 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައިމި މަޝްރޫއު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގަ އެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.