ކ. ގުޅީގެ ބިން ހިއްކުމަކީ ތަރައްގީގެ ފެށުން: ރައީސް

444130_424a963b-c_

ކ. ގުޅީގެ ބިން ހިއްކުމަކީ ތަރައްގީގެ ފެށުން: ރައީސް

SHARE

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ، ތަރައްގީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ސަފުހާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެ ބިން ބޭނުންކުރުމަށްޓަކައި ހަދާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމަށެވެ. އެގޮތުން ހިއްކި ބިމުގައި ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމަށް މަގުފަހިކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްުޔާތުގައި ވަނީ ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފަ އެވެ. ރައީސް ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫޢު ފަދައިން އެ މަޝްއޫއުވެސް ބާރު ދުވެލީގައި ކުރިއަށްގެންގޮސް\ނިންމަވާނެ ކަމަށެވެ.

ރައީސް ވަނީ ގުޅީގެ ތަރައްގީއަށް ކުރަންހުރި ކަންކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންކަން ކަމަށް ވިދާޅުވެފަ އެވެ.

630 ދުވަހުގެ ތެރޭގައި ނިންމި ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ރަށަށް ވަނީ 10.15 ހެކްޓަރުގެ ބިން އިތުރުކުރެވިފަ އެވެ. އެ މަޝްރޫއުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެއެވެ.