MTCC

ދަމާސްގެ ޗެއާމަން ސޯލިހަށް ނިޝާން މުލީގެ ޝަރަފް އަރުވައިފި

G5dFxYfbsAArxRZ

ދަމާސްގެ ޗެއާމަން ސޯލިހަށް ނިޝާން މުލީގެ ޝަރަފް އަރުވައިފި

SHARE

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސާލިހަށް ނިޝާން މުލީގޭ އިއްޒަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

ސޯލިހަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ އޭނާ އަކީ ވިޔަފާރީގެ ތަފާތު ހިދުމަތްތައް ތައާރަފް ކުރައްވައި، ރާއްޖޭގެ ވިޔަފާރި ތަރައްގީ ކުރުމުގެ ރޮނގުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ.

ސާލިހްގެ ހިދުމަތް ފެށުނީ 1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއާ ފޯސް (އާރްއޭއެފް) އިންނެވެ. އެތަނުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު، ކާގޯ ކްލިއަރެންސްއާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ފެއްޓެވި އެވެ. އެ މުއްދަތުގައި އެއްކުރެއްވި ފައިސާއިން އަލްޓާފްގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވާ، ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެންނެވި އެވެ. އޭގެފަހުން، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމެއް ތަޢާރަފްކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އަދި ރީޓެއިލް އަދި ހޯލްސޭލްގެ ވިޔަފާރިތައް ފުޅާކުރައްވާ 2000 ވަނަ އަހަރު ދަމާސް އުފެއްދެވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނައުމުގައި ސާލިހްގެ ބުރަ މަސައްކަތް ސަރުކާރުން ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވީ ވެސް ސާލިހެވެ.

އޭގެ އިތުރުން، އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހެރެތެރެ ރިސޯޓު ވުޖޫދުކުރެއްވުމަށް އެނާ ވަނީ މަސައްކަތްކުރައްވާފަ އެވެ. ވިޔަފާރީގެ ދާއިރާ ފުޅާކުރައްވާ، ސާކްގެ ވިޔަފާރިވެރިންނަށް ދިވެހި ވިޔަފާރިވެރިން ތައާރަފްކޮށްދެއްވާ، ގައުމުތަކުގެ މެދުގައި މުހިއްމު ވިޔަފާރީގެ ގުޅުންތައް ބިނާކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެ އެވެ. އަދި 2012 ވަނަ އަހަރު މެޑިކާގެ ނަމުގައި ސިއްހީ ހީދުމަތް ފައްޓަވާ، ހިދުމަތުގެ ދާއިރާ އިތުރަށް ފުޅާކުރެއްވި އެވެ. އޭގެ އިތުރަށް ސާލިހު ވަނީ އިޖުތިމާއީ އެކި ދާއިރާތަކުންވެސް ގިނަގުނަ ހިދުމަތްކުރައްވާފަ އެވެ.