އަންނަ އަހަރުގެ އަމާޒަކީ 2.4 މިލިއަން ފަތުރުވެރިން ގެނައުން

OIP-400x277

އަންނަ އަހަރުގެ އަމާޒަކީ 2.4 މިލިއަން ފަތުރުވެރިން ގެނައުން

SHARE

އަންނަ އަހަރު ރާއްޖެ އަށް 2.4 މިލިއަން ޓޫރިސްޓުން ގެންނަންް ޓޫރިޒަމް މިިނިސްޓްރީން އަމާޒު ހިފައިފި އެވެ.

މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އަހަރު ނިމެން މިހާރު އޮތީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ.

އެހެންކަމުން، އަހަރުގެ ޓާގެޓް 2.3 މިލިއަން ހާސިލު ކުރުމަށް 400،000 އަށް ވުރެ ގިނަ ފަތުރުވެރިން ބޭނުންވެ އެވެ. މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 6،579 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް 32،895 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. އެ މާކެޓުން މިއަހަރުގެ މިހާތަނަށް 296،135 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިއަހަރު އައި ފަތުރުވެރިންގެ 16 އިންސައްތައެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން މިހާރު ވަނީ 1،299 ތަނަކަށް ހުއްދަ ދީފަ އެވެ. އެއީ 181 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 935 ގެސްޓްހައުސް އަދި 167 ސަފާރީއެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 66،848 އަށް އަރައެވެ.