އެކި ދާއިރާތަކުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއު ހަވާލުކޮށްފި

G5DLQ5QbAAAPBkM

އެކި ދާއިރާތަކުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއު ހަވާލުކޮށްފި

SHARE

އެކި ދާއިރާތަކުން އަމިއްލަ ކުންފުނިތަކަކަށް 206 މަޝްރޫއު އެއް ހިންގަން ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ތައުލީމު، ތިމާވެށި، ސިއްހީ، މަސްވެރިކަން، ޒުވާނުން ކުރިއެރުވުން، ކުޅިވަރު، ދީނީ، ގެދޮރުވެރިކަން އަދި ދާހިލީ ސަލާމަތާއި ގުޅުން ހުރި 206 މަޝްރޫއުއެއް 53 ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެގޮތުން:

  • ތައުލީމީ ދާއިރާ: 31 މަޝްރޫއު
  • ތިމާވެށީގެ ދާއިރާ 24 މަޝްރޫއު
  • ސިއްހީ ދާއިރާ: 30 މަޝްރޫއު
  • މަސްވެރިކަން: 2 މަޝްރޫޢު
  • ޒުވާނުން ބާރުވެރިކުރުވުން: 1 މަޝްރޫއު
  • ކުޅިވަރުގެ ދާއިރާ: 52 މަޝްރޫއު
  • ދީނީ ދާއިރާ: 14 މަޝްރޫއު
  • ގެދޮރުވެރިކަމުގެ ދާއިރާ: 13 މަޝްރޫޢު
  • ދާހީލީ ސަލާމަތް: 39 މަޝްރޫއު

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ތާރީހުގައި ވެސް އަމިއްލަ ކުންފުނިތަކަކާ މިހާ ގިނަ މަޝްރޫއު ހަވާލުކުރެވުނު ފަހަރު ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމެކެވެ. ރައީސް ގަބޫލުކުރައްވާ ގޮތުގައި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުބާރު ސަރުކާރަށް ނެތް ނަމަ، ރާއްޖޭގެ އިގްތިސޯދު ރަނގަޅު ހިސާބަކަށް ނުގެނެވުނީހެވެ. ރައީސް ވިދާޅުވީ މިއަދު ހަވާލުކުރެވުނު ހުރިހާ މަޝްރޫއުތަކެއް 123 ރަށެއްގައި ހިނގަމުންދާނެ އެވެ. އަދި ފައިސާ ދޫކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ އެމަނިކުފާނު ދެއްވި އެވެ.