އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށައިފި

Screenshot 2025-11-06 105851

އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށައިފި

SHARE

އައްޑޫގެ އެކި ހިސާބުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަޢްޑޫ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެގޮތުން، އެމަނިކުފާނު އައްޑޫ ހިތަދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިމާޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

ހިތަދޫ ރީޖަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު އެޅުމުގެ މަޝްރޫއުގެ ދަށުނ،ް 4338 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެ އެވެ. އެއިން ކޮންމެ
ފަންގިފިލާއެއްގައި 2368 އަކަފޫޓު ހުންނާނެ އެވެ. އެއީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުު އެކެވެ.

ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 11250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. އެއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

މީގެއިތުރުން، އައްޑޫގެ މަރަދޫ ފޭދޫގައި ސްވިމިން ޓްރެކެއް ހެދުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުނ،ް ފްލޯޓިން ޕޮންޓޫން ބޭނުންކޮށްގެން 25 މީޓަރު ދިގު 20 މީޓަރު ފުޅާ ސްވިމިން ޓްރެކެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 872.16 ލައްކަ ރުފިޔާއަށް ހިންގާ މި މަޝްރޫއުއަކީ 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

އައްޑޫގެ ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އަޅަން ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.