2026 ވަނަ އަހަރުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ

l_2025_04_07_103323_gvwqdijxpuh5ak637o2zscfyb89rem4t1nl_EN_

2026 ވަނަ އަހަރުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ

SHARE

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

މިއީ ސިއްހީ ދާއިރާއަށް ފަހު ދެވަނައަށް ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ޕްރީސްކޫލް އަދި ފަށާ ތައުލީމަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސާާނަވީ ތައުލީމަށް ވަނީ 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.  މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތައުލީމަށް 218.1 މިލިއަން ރުފިޔާއާއި، މަތީ ތައުލީމަށް 831.7 މިލިއަން ރުފިޔާ ވެސް ވަނީ ހާއްސަކޮށްފަ އެވެ.

މީގެއިތުރުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތައުލީމީ ދާއިރާގެ އެކިއެކި މަޝްރޫއުތަކަށް 779 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެތެރޭގައި، ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކަށް 598.5 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި މަތީ ތައުލީމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 124.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެެވެ.

މަތީ ތައުލީމުގެ މަޝްރޫއުތަކުގެ ތެރެއިން، ރިސާޗް އިންސްޓިޓިއުޓްތަކާއި ލައިބްރަރީތަކަށް 7 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާއްސަކޮށްގެން 116.8 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައިވެ އެވެ.