ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތުު ލިބުނީ މިއަދު ހެނދުނު 08:32 ހާއިރު ކަމަށެވެ. ފުލުހުން ބުނިގޮތުގައި 33 އަހަރުގެ އެ ފިރިހެން މީހާ ވެއްޓުނީ ހިޔާގެ 8 ވަނަ ޓަވަރުން ނެވެ.
ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ނެވެ.