އުކާލާ ތެޔޮ ބޭނުންކުރާނަމަ ގާނޫނީ ފިޔަވަޅު އަޅަނީ

ChatGPT Image Oct 30, 2025, 01_32_04 PM

އުކާލާ ތެޔޮ ބޭނުންކުރާނަމަ ގާނޫނީ ފިޔަވަޅު އަޅަނީ

SHARE

ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބޭނުންކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފި އެވެ.

ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބޭނުންކުރަމުންދާކަމާއި ވިއްކާކަމުގެ ޝަކުވާ މިހާރަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އެމްއެފްޑީއޭ އިން ވަނީ، އެކަން އެގޮތަށް ކުރުމަކީ އާއްމު ސިއްހަތަށް ވެސް ނުރައްކާވާނެ ފަދަ ކަމެއް ބުނެ މީގެކުރިން ބަޔާނެއް ވެސް ނެރެފަ އެވެ.

އަނެއްކާވެސް މި މައްސަލަ ފެންމަތިވުމާއެކު އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރިސޯޓު ފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލުނޫން ކާބޯތަކެތި ތަޢައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

އެހެންވެ އެގޮތަށް ކާބޯތަކެތި ތައައްޔަރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ތަކެތި ވިއްކައި، ބޭނުންކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ،