18 މީޑިއާ އަކަށް ސަރުކާރުން މާލީ އެހީ ހަމަޖައްސައިދީފި

images (1)

18 މީޑިއާ އަކަށް ސަރުކާރުން މާލީ އެހީ ހަމަޖައްސައިދީފި

SHARE

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ 18 މީޑިއާ އަކަށް ދައުލަތުން މާލީ އެހީ ހަމަޖައްސައިދޭން ނިންމައިފި އެވެ.

މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލީ މިދިޔަ އޮގަސްޓު މަހު އެވެ.

މާލީ އެހީއަށް ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ސަރުކާރިގެ ގްރާންޓު ހަމަޖެހިފައިވަނީ 18 މީޑިއާ އަކަށެވެ. އެއީ:

  • ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
  • ވީޓީވީ: 3.01 މިލިއަން ރުފިޔާ
  • އެސްއެސް ޓީވީ: 2.97 މިލިއަން ރުފިޔާ
  • ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
  • ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
  • ދަ ޕްރެސް: 1.35 މިލިއަން ރުފިޔާ
  • ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
  • ސަންގު އޮންލައިން: 1.35 މިލިއަން ރުފިޔާ
  • ދައުރު އޮންލައިން: 1.3 މިލިއަން ރުފިޔާ
  • މިހާރު: 1.29 މިލިއަން ރުފިޔާ
  • ތިލަދުން: 1.21 މިލިއަން ރުފިޔާ
  • ދަ އެޑިޝަން: 1.17 މިލިއަން ރުފިޔާ
  • އަދަދު އޮންލައިން: 1.17 މިލިއަން ރުފިޔާ
  • ތީރު މީޑިއާ: 1.15 މިލިއަން ރުފިޔާ
  • ވީ ނިއުސް މީޑިއާ:1.16 މިލިއަން ރުފިޔާ
  • ދިޔަރެސް: 1.1 މިލިއަން ރުފިޔާ
  • ގާފު އޮންލައިން:1.03 މިލިއަން ރުފިޔާ
  • މަލްދީފު އޮންލައިން: 899،197.77 މިލިއަން ރުފިޔާ

މީޑިއާތަކަށް މާލީ އެހީދޭ އުސޫލުގައި ވާ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން 0.1% ލިބޭނެ އެވެ.  މިއަހަރުގެ ބަޖެޓުގައި މީޑިއާތަކަށް 27.9 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ.