"ދިވެހީންގެ ބޭންކް– މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކޮށްފި

438769_6507c7c4-8_

"ދިވެހީންގެ ބޭންކް– މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކޮށްފި

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ކެމްޕޭނުގެ ބޭނުމަކީ، ބީއެމްއެލް އިން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމެވެ.

މި ހަފްލާގައި އެ ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޮމްޕެނީ (އެސްޑީއެފްސީ.)ގެ މައިގަނޑު ހިއްސާ ގަތުމަށްފަހު، އެ ކުންފުނި ރީބްރޭންޑްކޮށްފަ އެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ޑެބިޓް ކާޑުވެސް އިފްތިތާހުކޮށްފައިވެ އެވެ.

މީގެއިތުރުން، ބޭންކުގެ ހިދުމަތްތައް ފުޅާކުރެވި މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން އެ ބޭންކަށް، "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭނަޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަންވެސް ފާހަގަކޮށްފައިވެ އެވެ.