ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސަތްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅުގެ ތުލުސްދޫ ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް ހެލްތު، އަބްދުﷲ ނާޒިމެވެ.
މި މަޝްރޫއުގެ ދަށުން، ސިއްހީ ހިދުމަތް ދިނުމަށް ހާއްސަކޮށް 18,612 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ 37 އެނދުގެ އިމާރާތެއް ހަދާނެ އެވެ. އަދި، އެހެނިހެން ހިދުމަތްތައް ދިނުމަށް ހާއްސަކޮށް، 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް ހަދާނެ އެވެ. މުވައްޒަފުން ބޭތިއްބުމަށް ހާއްސަކޮށް 1805 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ވެސް ހަދާނެ އެވެ.
މިއ،ީ 110.71 މިލިއަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އިތުރުން ތުލުސްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅާފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ މަޝްރޫއުގެ ދަށުން ހަދާނީ 4000 އަކަފޫޓުގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެކެވެ. އެތަން ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ފުރާޅުގެ މަސައްކަތްތަކާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި މޭޝަނަރީ މަސައްކަތާއ،ި ތަޅުންގަނޑ،ު ސީލިންގް އަދި ފާރުގެ ފިނިޝިން މަސައްކަތް ކުރާނެ އެވެ.
މިއީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.