އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި

big_cFLqZfNYmQaH1IYV7XAZ33EKk

އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި

SHARE

އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްއޭސީއެލްއިން މައުލޫމާތުދިން ގޮތުގައި، ތަމްރީން ޕްރޮގްރާމްތަކަކީ އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުނަރުވެރި އަދި ގާބިލު ބަޔަކަށް ހެދުމަށް، ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެކެވެ. ތިން މަސް ތެރޭގައި ހިންގި މި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުން، އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވީއައިއޭގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޓުއާތަކުގައި 273 ދަރިވަރުން ވަނީ ބައިވެރިވެފައިވެ އެވެ.