ކައުންސިލް މުވައްޒަފުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ

437147_2dbfc949-6_

ކައުންސިލް މުވައްޒަފުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ

SHARE

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކުރެންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 1 ގައި ސިވިލް ސާވިސްގެ ޕޭ ހާމަނައިޒްކޮށް، އެ މީހުންނާ އެއް ގިންތިއަކަށް މަތިކޮށް، ހަތަރަކުން އެކަކަށް ކައުންސިލް މުވައްޒަފުން ގިންތިކޮށް، އެ މީހުންގެ ޕޭ ހާމައިޒްކޮށްދެއްވާނެ  ކަމަށެވެ.

ކުރެންދޫއަށް ބޭނުންވެފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ ރަށުގެ ބަނދަރު ތަރައްގީކުރާ އިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ރޭންޕަކާއި އެއްގަމު ތޮށީގެ މަސައްކަތްތައް ކީވޯލް ޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެނައުމާއި ނެރުފައިކަށްޓައް ވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.