މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

b_202510231204571761203097.1215-1280x853

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

SHARE

މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ 49 މެމްބަރުންގެ ވޯޓާއެކު އެވެ. މިކަމާ ދެކޮޅަށް 9 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ.

މީޑިއާ ކޮމިޝަނަށް ރައީސްއަކު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ފަރުޝަތަށް އެ ކޮމޓީއިން ރުހުން ދިނީ އެ ކޮމިޝަނށް އައްޔަނު ކުރެވުނު 7 މެމްބަރުންނާއި އިންޓަވިއު ކުރުމަށް ފަހުއެވެ.

މީޑިއާ ކޮމިޝަނަށް ރައްޔިތހުންގެ މަޖިލީހުން ކަނދައެޅުެއވި ފަރުޝަތަކީ، މީގެ ކުރިން ސިވިލް ސާވިސްގެ މެމްބަރެކެވެ.

ފަރުޝަތުގެ އިތުރުން ދެން މީޑިއާ ކޮމިޝަނުގައި ތިއްބަވާނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި ކުރީގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތާއިި ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމެވެ.