އޮޅުވެލިފުށީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

G4PluJwXYAAn1AH

އޮޅުވެލިފުށީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

SHARE

ޅ. އޮޅުވެލިފުށީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އެ ސެންޓަރުގެ އަމަަލީ މަސައްކަތް ފަށްޓަވައިދެއްވައި އިމާރާތުގެ ބިންގާ އަޅުއްވަައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެ ކެވެ.

ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ބޭނުމަކީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ފުރިހަމަކޮށްދީ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދުޅަހެޔޮ ޖީލެއް އުފެއްދުމެވެ.

މީގެއިތުރުން، އާރުސީސީއާ ހަވާލުކޮށްގެން އޮޅުވެލިފުށީގައި ތަރައްގީކުރާ އެ ރަށު ކައުންސިލުގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އޮޅުވެލިފުށީގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. އެ މަސައްކަތް ފަށްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.