ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް 4 މެމްބަރުން އައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންއައިސީއަށް އިއްޔެ އައްޔަނުކުރެއްވި މެމްބަރުންނަކީ:
- ޝުއައިބު އަބްދުއްރަހްމާން، ދަފުތަރު ނަންބަރު ރސ. 1188
- ޝިފާޒް އަލީ، ދަފުތަރު ނަންބަރު ރސ. 12854
- އަލީ މުހައްމަދު މަނިކު، ދަފުތަރު ނަންބަރު ރސ. 1851
- ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
މި މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ އޮކްޓޯބަރު 13 ވަނަ ދުވަހު އެވެ. އެ މެމްބަރުން އައްޔަނުކުރެވުނީ ކޮމިޝަނުގައި ތިއްބެއްވި ހަތަރު މެންބަރުންގެ މަގާމުގެ މުއްދަތު އިއްޔެ ހަމަވުމުން ނެވެ.
އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައަޅާ ކޮމިޝަނެކެވެ.