ޗައިނާގެ ޒެންގްޒޯގައި ބޭއްވި އިންޓަނޭޝަނަލް މޭޔާސް ފޯރަމް އޮން ޓޫރިޒަމްގައި ރާއްޖެ ތަމްސީލުކޮށްފި އެވެ.
މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރެއްވީ، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާމީން އަހުމަދެެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާއާއި ރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އަދި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.
މި ފޯރަމް ބާއްވާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖީތަކާއި އާ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ތަފާތު ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށްޓަކާ އެވެ. ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލަކަށް ވާއިރު، އެ ފޯރަމްގައި ބައިވެރިވުމަކީ ދެ ގައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާގެ ތަފާތު ސިޓީތަކުގެ މޭޔަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ރާއްޖޭގެ ވަފުދުން ބައްދަލުކޮށް، ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ފެނިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.