އިންފަންޓީނޯ އާއެކު ބޭއްވި ފުޓްބޯލް ފެސްޓިވަލް: ފެނުނީ ދިވެހިން ފުޓްބޯޅައަށް ކުރާ ލޯބި

436432_09fa145f-e_

އިންފަންޓީނޯ އާއެކު ބޭއްވި ފުޓްބޯލް ފެސްޓިވަލް: ފެނުނީ ދިވެހިން ފުޓްބޯޅައަށް ކުރާ ލޯބި

SHARE

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ހާއްސަ އެގްޒިބިޝަން މެޗެއް ބާއްވައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ފެސްޓިވަލްގައި ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައި ގެންފައެވެ. މި ފެސްޓިވަލްގައި އިންފަންޓީނޯ އައީ ރައީސް މުއިއްޒު ބައިވެރިވަޑައިގެންނެވި ހާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި މެޗުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ. މި މެޗު ފެށުމުގެ ކުރިން، ރައީސް މުއިއްޒު އާއި ފީފާގެ ރައީސް ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާހުކޮށްދެއްވާފަ އެވެ. މީގެއިތުރުން، ރައީސް، ފީފާގެ ރައީސް އަދި މެޗުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ކުޅުންތެރިން ވަނީ، ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވާ ޓީމްތަކުގެ ކުދިންނަށް އޮޓޯގްރާފްވެސް ދެއްވާފަ އެވެ.

މި ފެސްޓިވަލްގަައި ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ކުދި ބޮޑު ދިވެހިން ބައިވެރިވެފައި ވެއެވެ.