ވަގުފު އިމާރާތް އަޅަން އަންނަ އާދީއްތަ ދުވަހު ބަޔަކާ ހަވާލުކުރަނީ

Modern Building with Vertical Garden

ވަގުފު އިމާރާތް އަޅަން އަންނަ އާދީއްތަ ދުވަހު ބަޔަކާ ހަވާލުކުރަނީ

SHARE

މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ދެވަނަ ވަގްފު އިމާރާތް "ދާރުލް އަރުޤަމް" އަޅަން އަންނަ އާދީއްތަ ދުވަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ޝަހީމް މިއަދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަ އާދީއްތައިގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި އަހަރަކު 10 މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިިބިގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދެ ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން "ދާރުލް އަރުގަމް" އިމާރާތްކުރާނީ މާލޭގަ އެވެ. ހުޅުމާލެ ފޭސް އެކެއްގައި އަޅާ ވަގްފު އިމާރާތައް ކިޔަނީ "ދާރުއްސަލާމް" އެވެ. ދާރުއްސަލާމް އިމާރާތުން އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މި މަޝްރޫއުތައް ހިންގަނީ ބީއެމްއެލް އިސްލާމިކް އިން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ނަގައިގެން ނެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަގްފް އެންމެ އިމާރާތެކެވެ.