އާ ޓާމިނަލުން ސާއުދިއާ އަށް ހިދުމަތް ދޭން ފަށައިފި

G3wcb_SXYAAQ7vn

އާ ޓާމިނަލުން ސާއުދިއާ އަށް ހިދުމަތް ދޭން ފަށައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް، މުހައްމަދު ނަޝާތު ރަޝީދެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގަ ސައުދިއާ އިން ޗެކިން ކައުންޓަރުތައް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުނަށް ވަނީ ހަދިޔާ ދީފައިވާ ކަމަށެވެ.

އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 127 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް ބުނެފައިވެ އެވެ.

ސައުދިއާ އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ.