މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

6ee5ad5a-8fc6-4a23-8102-8295e18aafe1

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

SHARE

ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާވަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން، ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން، 38,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 445 މީޓަރުގެ މިހާރު އޮތް އެއްގަމުތޮށި މަރާމާތު ކުރާނެ އެވެ. އަދި 121 އަކަމީޓަރުގެ ސަރަހައްދެއްގައި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދާ، 226 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހދާނެ އެވެ. މީގެއިތުރުން، 2298 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 23.46 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއާއެކު މާވަށަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށާއި، މިއީ ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްވެސް މުހިންމު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވަ އެވެ.