ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

file_ehg2kd

ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

SHARE

ށ. ބިލެތްފަހީގެ ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު އެވެ.

އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލު ކުރުމަށްފަހު، އެއާޕޯޓަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ. މީގެއިތުރުން، ބިލެތްފަހި އެއާޕޯޓުގައި 1،500 މީޓަރުގެ ރަންވޭއެއްގެ އިތުރުން އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.