ބޮޑުތަކުރުފާނު މަގުގެ ފެންހިންދާ ނިޒާމުގެ 50% ނިމިއްޖެ

50068D93-32B3-422A-ADEE-7F63A5D3EDD7-1756705703068

ބޮޑުތަކުރުފާނު މަގުގެ ފެންހިންދާ ނިޒާމުގެ 50% ނިމިއްޖެ

SHARE

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ މަގުގެ ފެންހިންދާ ނިޒާމުގެ 50% ނިމިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު، ކެޗްޕިޓުތަކާއި ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމާއި، ހޮޅި އެޅުމުގެ މަސައްކަތުގެ 50% ވަނީ ނިމިފަ އެވެ.

މީގެއިތުރުން، ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް އަދި ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ %50 ވެސް މިހާރު ވަނީ ނިމިފަ އެވެ. އަދި ސާވިސް ލައިންގެ މަސައްކަތްތައްވެސް މި ހަފްތާގައި ފަށާނެކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.

144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭ އިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ