ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފަށައިފި އެވެ.
އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓޭޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ، ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ބަދަލު ގެނައީ އާ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުން ކޮށްގެން ކަމަށްވާތީ ކަމަަށް ބުނެފައިވެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ ދަތުރުތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނޭގޮތަށް ޑިޒައިންކޮށްފައިވެ އެވެ.
އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި އާ ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ.