ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްުޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޓެކްސް ޓްރައިބިއުނަލަށް ދެ މެމްބަރުން އައްޔަނުކުރައްވާފަ އެވެ. އެ އިދާރާއަށް މިއަދު އައްޔަނުކުރި އިބްރާހީމް އަފީފާއި ޝަވްފާ އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގަ އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން 6 މީހަކު ކުރިމަތިލި އެވެ. ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ މަހާޒުގެ ނަމަށް ވިޔަސް، މަޖިލީހުން އޭނާއަށް ރުހުން ދީފައެއް ނުވެއެވެ.