ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ހަދަން ހުޅުވާލައިފި

418551_3_e5980621463ee858bcf8b47c193f56816359bdf9_large

ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ހަދަން ހުޅުވާލައިފި

SHARE

އައްޑޫ ސިޓީގެ ހަންކެޑެގައި 1000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. އެއީ ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ސަރަހައްދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި އެރަށް ދޫކުރަނީ ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނަށް ގެނައި ނުވަ ވަނަ އިސްލާހުގެ ދަށުނެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، ކުރެއްވި ޕޯސްޓެއްގައި ވަނީ، އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސްގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަނަށް ގެނައުން ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ހުޅުވާލުން ކަމަށެވެ.

ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ނިންމައި އެ މަޝްރޫއު އިއުލާނުވެސް ކުރި އެވެ. އެގޮތުން ކުރީ ސަރުކާރުން ވަނީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ ޒަމާނީ މަޝްރޫއެއް ހިންގުމަށް 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ވެސް ހަވާލުކުރި އެވެ.

އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހަންކެޑެއަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައި އެވެ.