ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ހުޅުވައިފި

ކޭމްޕު ދާނެ ސަރަހައްދު ހުޅުވައިދިނުން

ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ހުޅުވައިފި

SHARE

ކްރޮސްރޯޑްސް މޯލްޑިވްސްގަ ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަހައްދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

ސްކޫލް ކުދިން ކޭމްޕު ދާނެ ސަރަހައްދު ރައީސް ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޭމްޕް ކުރާ ސަރަޙައްދު ހުޅުއްވައިދެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެ ސަރަހައްދު ބައްލަވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި އެކު ސަރުކާރުގެ އެހެން ބައެއް ވަޒީރުންނާއި ކެޑޭޓާއި ގައިޑް އަދި ސްކައުޓް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިފަދަ ސަރަހައްދެއް ގާއިމުކުރީ، ގްރޭޓާ މާލެ ސަރަހައްދުގައި ކެޑޭޓާއި ގައިޑް އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވެފައިވާތީ އެ ދަރިވަރުން ކޭމްޕްކޮށް އެކި ހަރަކާތްތައް ހިންގަން ބޭނުންކުރުމަށެވެ. މި ކޭމްޕް ސަރަހައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށް ވެސް ބޭނުންކުރާނެ ތަނެކެވެ.