"ވޮކޭޝަނަލް ޖާނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ހުޅުވައިފި

429528_a07c6d20-0_

"ވޮކޭޝަނަލް ޖާނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ހުޅުވައިފި

SHARE

މޯލްޑިވްސް ޕޮލިޓެކްނީކުން ކުރިއަށްގެންދާ ފޮޓޯ މައުރަޒު "ވޮކޭޝަނަލް ޖާނީ އިން ފްރޭމްސް" ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މި މައުރަޒަކީ ރާއްޖޭގައި ވޮކޭޝަނަލް ތަޢުލީމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. ސިފްކޯ ޕާޓީ ހޯލުގައި ކުރިއަށްގެންދާ މި މައުރަޒުގައި 150 އަށްވުރެ ގިނަ ފޮޓޯ ބަހައްޓާފައިވާއިރު، މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި 200 ފޮޓޯ ހިމެނޭ ޑިޖިޓަލް ގެލަރީއެއްވެސް ނައިބު ރައީސް ވަނީ ލޯންޗްކޮށްދެއްވާފަ އެވެ. މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 7 އިން 8 އަށް، ސިފްކޯ ހޯލުގައެވެ.

މި މައުރަޒަކީ، ރާއްޖޭގެ ތަރައްގީއަށް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ދާއިރާއިން ކޮށްފައިވާ އަގުހުރި ހިދުމަތްތަކާއި، އެ ދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ.

އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ ޓިވެޓްގެ ހިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ހިދުމަތްތައް ގައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދާ ބިނާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.