ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށް

f8f49dce-d4fc-44b0-9b1f-90b9308893df-rbg39s32ke2c3sum36tfrzzidiacsek1ga4tbt3l94

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށް

SHARE

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ކުއޭ ވޯލް ކެޕިން ކޮންކްރީޓްގެ މަސައްކަތް ވެސް ކުރިޔަށް ގެންދާކަމާއި، އެ މަސަތްކަތުގެ %50 ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ކުއޭ ވޯލް ކެޕިންގެ ރީއިންފޯސްމަންޓްގެ މަސައްކަތް ފަށާާފައިވާ ކަމަށް ވެސް މައުލޫމާތު ބުނެފައިވެ އެވެ.

މީގެ އިތުރުން ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އައުޓްފޯލް ހޮޅި އެޅުމުގެ މަސައްކަތް ނިންމައި، ޕަމްޕިން ސްޓޭޝަން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭ އިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.