ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ 78% މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި 1،080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 105.19 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ ހިރިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާއެކު، އޮޑިދޯނިފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށެވެ.