ގދ. ތިނަދޫގައި އެކްސިޑެންޓެއް ހިނގައި 6 އަހަރު ކުއްޖަކަށް ބޮޑެތި އަނިޔާ ވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫ ސިޓީގެ އާބާދީ ހިންގުމުގެ ހުޅަނގުން ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން މަގު ހުރަސް ކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ ފުލުހުން ބުނިގޮތުގައި، އިއްޔެ ހަވީރު 6:16 ހާއިރެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 6 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ.
ފުލުހުން ބުނިގޮތުގައި ސައިކަލު ދުއްވީ ލައިސަންސް ނެތް 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓް ވުމަށްފަހު އޭނާ ވަނީ މަޑުނުކޮށް އެތަނުން ފިލާފައެވެ. ނަމަވެސް ފުލުހުންގެ ވަނީ އޭނާ ހޯދާ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.