މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ނިންމުމް ބަދަލުކުރަން އުޅުމަކީ ޑޮމޮކްރަސީއަށް ދޭ ހަމަލާއެއް ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީން ބުނެފި އެވެ.
ޕީއެންސީން މިހެން ބުނެފައި ވަނީ، ފުލުހުން ދިން ހުއްދައާއި ހިލާފަށް އެމްޑީޕީން މާލޭގައި ބޭއްވި މުޒަހާރާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.
އެމްޑީޕީން ރޭ ބޭއްވި ލޫޓުވައިފި މުޒާހަރާ އަކީ، އެ ޕާޓީން ވެރިކަން ވައްޓާލަން ކަމަށް ބުނެ އިންތިޒާމުކުރި މުޒާހަރާ އެކެވެ. އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައިވަނީ ގާނޫނާ ހިލާފު، ހަމަނުޖެހުން އުފެއްދުމުގެ އަމަލުތަކެކެވެ. އަދި، އެމްޑީޕީއިން މުޒާހަރާ ބޭއްވުމަށް ފުލުހުންނާއެކު އެއްބަސްވެފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީން ބުނީ އެ ޕާޓީން ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް މަގުމައްޗަށް ނިކުމެ ހަމަލާދީގެން ވެރިކަމާ ދެކޮޅަށް މަސައްކަތްކުރަން އުޅުމަކީ ޑިމޮކްރަސީ އަށް ދެވޭ ހަމަލާއެއް ކަމަށް ބުނެފައިވެ އެވެ.
ރޭގެ މުޒާހަރާގތައި އެމްޑީޕީއިން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި ފުލުހުން ގެންގުޅުނު ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކުރިކަކަން ފާހަގަކޮށް އެކަން ކުށްވެރިކޮށްފައިވެ އެވެ. އަދި މި މުޒާހަރާ އަށް އެމްޑީޕީން އަތޮޅުތެރެއިން މީހުން ގެނައި އިރު، އެ މީހުންނަށް އަސާސީ ގޮތުން ހަމަޖައްސަން ޖެހޭ ކާނާ އާއި ހުރުން ހަމަޖައްސައި ނުދޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ޕީއެންސީގެ ބަޔާނުގައި ފާޅުކޮށްފައިވެ އެވެ.
ޕީއެންސީގެ ބަޔާން ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަން ފާހަގަކުރަމުންނެވެ. އެހެން ކަމުން ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.