ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ އިސްލާމީ އަދި ދިވެހިވަންތަ މައުލޫމާތު ފޯރުކޮށްދިނުން: ރައީސް

Maldives' President Mohamed Muizzu (R) addresses the media representatives after casting his ballot during the country's parliamentary election, in Male on April 21, 2024. The Maldives votes in a parliamentary election likely to test Muizzu's tilt towards China and away from India, the luxury tourism hotspot's traditional benefactor. (Photo by Mohamed Afrah / AFP)

ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ އިސްލާމީ އަދި ދިވެހިވަންތަ މައުލޫމާތު ފޯރުކޮށްދިނުން: ރައީސް

SHARE

ބްރޯޑްކާސްޓަރެއްގެވެސް އަމާޒަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ގައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ކުރެއްވި ހާއްސަ ޕޯސްޓެއްގަ އެވެ. މި މުނާސަބަތުގައި ރައީސް ވަނީ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހައި މަސައްކަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވާފަ އެވެ. އަދި ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ ހީވާގިކަމާއި ޒިންމާދާރުކަމާއެކު ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވި އެވެ.

މުޖުތަމައުގައި މީޑިއާގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ބްރޯޑްކާސްޓަރުންނަކީ ގައުމަށް ހެޔޮ ނަމާއި ޝަރަފު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ތިބެންޖެހޭނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ދުވަހަކުން ދުވަހަކަށް ތަރައްގީވަމުންދާއިރު، މި ދާއިރާއިން ގައުމަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކުރިއަށް ދިއުމަށްވެސް ރައީސް ގޮވާލެއްވި އެވެ.