އެމްޑީޕީން މާލޭގައި މިރޭ ކުރިއަށްގެންދާ މުޒާހަރާގައި އާންމުން ފުލުހުންނަށް އަނިޔާކުރަން ފަށައިފި އެވެ.
މިރޭ 8:30 އިން ފެށިގެން އެމްޑީޕީން ކުރިއަށްގެންދާ އެއްވުމަށް ފުލުހުން ވަނީ ރޫޓެއް ކަނޑައަޅައި އެކަން އާންމުކޮށް ހުއްދަ ވެސް ދީފަ އެވެ. އެކަމަކު އެއްވުމަށް ނުކުތް އާންމުން ވަނީ އެ ރޫޓާ ޚިލާފުވެ މަޖީދީމަގުން ދާން މަސައްކަތް ކޮށްފަ އެވެ.
މުޒާހަރާ ފެށި ގޮތަށް އެކްޓިވިސްޓުން ވަނީ ބެރިކޭޑުތައް ނަގައި، މަގުމަތީގައި ހަމަނުޖެހުން އުފައްދާފަ އެވެ. އަދި، ފުލުހުން އެގޮތަށް އަމަލު ނުކުރުމަށް ނަސޭހަތްތެރި ވުމުންވެސް، މުޒާހަރާގެ ބައެއްބައިވެރިން ވަނީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކާ، ފުލުހުންގެ އާލާތްތަށް ނަގަން މަސަތްކަތްކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ހުއްދަ ދިން ރޫޓާ ޚިލާފަށް ކުރިއަށްދާނަމަ،ގާނޫނީ ފިޔަަވަޅު އަޅާނެކަމަށެވެ. ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނާޅަން ފުލުހުން އިލްތިމާސްކުރި އެވެ.