ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ 5 ހަފްތާ ތެރޭ ދެނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއޒު

ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ 5 ހަފްތާ ތެރޭ ދެނީ

SHARE

ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާ ނިންމާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ އެކްސް އެކައުންޓުން ރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ހުރިހާ ބިލަކަށް އޮތް ފަސް ހަފްތާ ތެރޭ ދައްކައި ފައިސާ ދައްކާ ނިންމާނެ ކަމަށެވެ.

އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، ފައިސާނުދީ ހުރި އެތައްހާސް ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކާ ނިންމާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

ރައީސް މިކަން ސިފަކުރައްވާފައިވަނީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގަ އެވެ.

ފެނަކަ ފަދަ އެސްއޯއީތަކުން ވިޔަފާޜިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ވިޔަފާރިވެރިން މުޒާހަރާ ވެސް ކުރި އެވެ.