އިސްރަށްވެހިންގެ ދުވަސް ރާއްޖޭގެ 7 އަތޮޅެއްގަ ފާހަގަކުރަނީ

517398707_1041669338153532_2607642205130545186_n-1752635997454

އިސްރަށްވެހިންގެ ދުވަސް ރާއްޖޭގެ 7 އަތޮޅެއްގަ ފާހަގަކުރަނީ

SHARE

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން ރާއްޖޭގެ 7 އަތޮޅެއްގަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

"އުފާވެރި ރާސްތާ"ގެ ނަމުގައި ބާއްވާ މިި ޕްރޮގްރާމްތައް މިއަދު ކުރިއަށްގެންދާނީ ލ. މާމެންދޫ، ގއ. ދާންދޫ، ހދ. ކުރިނބީ، ށ. މިލަންދޫ، ރ. އިނގުރައިދޫ، ކ. ތުލުސްދޫ އަދި ހއ. ކެލާ ގަ އެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މި ޕްރޮގްރާމްތައް ހިންގުމުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

'އުފާވެރި ރާސްތާ' ޕްރޮގްރާމުގެ ނަމުގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ އުފާވެރި މާހައުލެއްގައި އިސްރަށްވެހިންނަށް އެކަކު އަނެކަކާ ބައްދަލުވެ، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އިޖުތިމާއީ ގޮތުންނާއި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް ޒުވާނުންނާ ހިއްސާކުރުމުގެ ފުރުސަތު މި ޕްރޮގްރާމުން ފަހިވެގެންދާނެ އެވެ.