މި އަހަރު ތެރޭ 100 ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

stop

މި އަހަރު ތެރޭ 100 ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

SHARE

މިއަހަރު ތެރޭގައި 100 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބައްޔަކީ މިހާރު ވެސް ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ މައިގަނޑު އެއް ސަބަބު ނމަވެސް އެއީ އެންމެ ބޮޑަށް ރައްކާތެރިވެވޭނެ އެއް ބަލި ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، 3 މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެކަން ދަމަހައްޓާފައިވާ 356 މީހުން މި ޕްރޮގްރާމްތަކުގައި ބައިވެރިވެ، މިހާރު 101 މީހުން އެކަން ދަމަހައްޓާފައިވާކަމަށް ސީއީއޯ ހަލީމް ވިދާޅުވިއެވެ. މި ކްލިނިކްތައް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ހުންނާނީ ހުޅުވާފަ އެވެ.

ދުންފަތުން ދުރުކުރުމަށް ސެސޭޝަން ކްލިނިކުން ދޭ އެއް ފަރުވާއަކީ ނިކޮޓިކް ރިޕްލޭސްމަންޓް ތެރަޕީ އެވެ. ތިން މަސް ދުވަހަށް ދޭ އެ ތެރަޕީގެ ހަރަދުތައް އާސަންދައިން ކަވަރުކުރެ އެވެ.

ހަލީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި އަވަހަށް ބަލިތައް ދެނެގަތުމެވެ. އާއްމު ފަރާތްތަކާ ގުޅިގެން، ސިއްހީ ހިދުމަތް ދޭ އެކި އިދާރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވަމުން އަންނަ ކަމަށާއި ލޭގެ ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި ކަންކަން ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަމުގެ ސަބަބުން މަގުފަހިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ޑޯންޓު މިސް އަ ބީޓް" އެވެ. އެ ޝިއާރުން ގޮވާލަނީ ހިތުގެ ސިއްހަތާ މެދު ސަމާލުވުމާއި ސިއްހީ ޗެކަޕްތައް ލަސްނުކުރުން އަދި ހިތުގެ ބައްޔެއްގެ އަލާމާތްތައް ފާހަގަކުރެވޭތޯ ވިސްނުން ބެހެއްޓުމަށެވެ.