ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ހަވާލުކޮށްފި

Capture

ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ހަވާލުކޮށްފި

SHARE

ޅ. ނައިފަރު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން ނައިފަރުގެ 44.80 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. އަދި 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވޭނެ އެވެ. މި މަޝްރޫއު އަކީ 679 މިލިއަން ރުފިޔާއަށް، 630 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރެވުނު މަޝްރޫއު އެކެވެ.

5787 މީހުންގެ އާބާދީއެއް އޮންނަ ނައިފަރަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޒަމާނުއްސުރެ އޮންނަ ރަށެކެވެ. މި މަސައްކަތް ނިމުމާއެކު، ރަށުން ގޯތި ދޭނެ އިތުރު ޖާހައާއި ސިނާއީ މަސައްކަތް ކުރަން ވެސް ރަށުގެ ޖާގަ ތަނަސްވާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.