ލިލީ ފިހާރާގައި ރޯވެ ބޮޑު ގެެއްލުމެއް

5739

ލިލީ ފިހާރާގައި ރޯވެ ބޮޑު ގެެއްލުމެއް

SHARE

ލިލީ އެފް އެންޑް ބީގެ ސަޕްލަޔަރ ފިހާރާގައި ރޯވެ، ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ރޯވެފައި ވަނީ ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ސަޕްލަޔާޒް 1 ގަ އެވެ. އެ ފިހާރާގައި ރޯވި ކަމުގެ ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1 ޖަހާކަންހާއިރު އެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނީ ދަންވަރު 2:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ. އަދި އެތަނުގެ ފުރާޅުން ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ވެފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ލިލީގެ އެ ފިހާރައަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފިހާރައެކެވެ.