ޓިކްޓޮކް ފޭޒު ކޯޓަށް 10،000ރ. ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަނީ

large_175895684924vKfw

ޓިކްޓޮކް ފޭޒު ކޯޓަށް 10،000ރ. ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަނީ

SHARE

ޓިކްޓޮކް ލައިވްތަކުން މަޝްހޫރުވި އައިމިނަތު ފޭޒްލީން (ފޭޒް) ހުއްދަނެތި ގެއަކަށް ވަދެ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލަން ކޯޓުން ކަނޑައަޅައިފިއެވެ.

ފޭޒްލީން ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫގައި، ހުއްދަ ނުހޯދާއި ގެއަކަށް ވަދެ، އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑި ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއް ގަ އެވެ.

ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން، 10 ގަޑިއިރު ތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓާގޮތަށް ކަފާލާތުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 10 ގަޑިއިރުތެރޭ ފައިސާ ނުދެއްކިއްޖެ ނަމަ، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފޭޒް ހައްޔަރުކުރީ އޭނާގެ އުފަން ރަށް ގދ. ތިނަދޫ ސިޓީން އިއްޔެ މެންދުރު 14:32 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.