ދިވެހިރާއްޖޭގެ ތަރައްގީއަށް އަވަށްޓެރި އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އދ ގެ އާއްމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައިި އިންޑިއާ އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުން ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލ 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނޫ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ.
ޖައިޝަންކަރު ވެސް މި ބައްދަލުވުމާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިންޑިއާ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
އިންޑިއާއާއެކު ރާއްޖެއިން އަބަދުވެސް ހަރުދަނާ ގާތް ގުޅުމެއް ބާއްވަ އެވެ. އެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މި ސަރުކާރުން ވެސް ގިނަ މަސައްކަތް ކުރެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނީ މި އަހަރު އެވެ.