މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ކިޔަވާ ޓީޗިން ހަދާ ދަރިވަރުންނަށް ސްޓައިޕެންޑް ދޭން ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު ހިންގާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:
• ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
• ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީންވާ ކޯހަކަށްވުން.
• ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025 ގެ ފަހުން ކަމުގައިވުން.
• އުމުރުން 40 އަހަރަށް ވުރެން ދޮށީ މީހަކަށް ނުވުން.
މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް 2 އޮކްޓޫބަރު 2025 ގެ އެޕްލިކޭޝަން ހުށައެޅޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވެގެން އޭލެވެލް ފަށާ ދަރިވަރުންނަށް ވެސް 1،500 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމައިފަ އެވެ.