ރޭގަ ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަށް ގެއްލުންދޭން އުޅެނިކޮށް: ސްޓެލްކޯ

W020200522536994584643

ރޭގަ ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަށް ގެއްލުންދޭން އުޅެނިކޮށް: ސްޓެލްކޯ

SHARE

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް ސްޓެލްކޯ އިން ބުނެފި އެވެ.

ރޭ މެންދަމު 3:30 އިން ފެށީގެން ގާތގަނޑަކަށް ދޮޅު ގަޑި އިރަށް ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނެވެ. ކަރަންޓު ކެނޑުނީ ފޭސް 2 ގެ އެމްޕީއެލް ޓަވަރުތަކާއި ވިނަރެސް ޓަވަރު ސަރަހައްދުންނެވެ. މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދޭން ފެށިފައިވަނީ ފަތިހު 4:56 ހާއިރުއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަށް ގެއްލުންދޭން އުޅެނިކޮށް، ނެޓްވޯކް ފީޑަރުގެ ބައެއް ނިވިގެންނެވެ.

ސްޓެލްކޯއިން ބުނީ މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ، ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން، ސްޓެލްކޯއިން ވަނީ، ސަބްސްޓޭޝަންތަކަށް ގެއްލުންދޭ މީހުންގެ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.