ފ. މަގޫދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

3473611d-02fd-4420-88a5-62f25514b22f

ފ. މަގޫދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

SHARE

ފ. މަގޫދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.

އެ ރަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ، ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދޫ އަށް ވަޑައިގެންނެވެ.

ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދާއިރާގެ މެމްބަރު އަދި މަގޫދޫ ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ. މަގޫދޫ ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ ފެނަކައާއި ޙަވާލުކޮށްގެންނެވެ.

މިއާއި އެކު، އެ ރަށު ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފަ އެވެ.  ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ދާއިރާގެ މެމްބަރު އަދި މަގޫދޫ ކައުންސިލް ރައީސް ބައިވެރި ވަޑައިގަތެވެ. މަގޫދޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ.

މަގޫދޫގެ އިތުރު މަޝްރޫއުތަކުގެ ތެރެއިން، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރްގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ.  ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރްގެ ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އަދި ދަރަނބޫދޫ ކައުންސިލުގެ ރައީސް އެވެ.

މީގެއިތުރުން ރައީސް ވަނީ މަގޫދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. އަރިހުގައި ބީއެމްއެލްގެ ޗެއާޕަރސަން އަދި މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.