ފެލިދޫ ޕޮލިސް ސްޓޭޝަންގެއަމަލީ މަސައްކަތް ފެށުން

ފެލިދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ވ. ފެލިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫ އަށް ވަޑައިގެންނެވުމުން  ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

696 މީހުންގެ އާބާދީއެއް ދިރިއުޅޭ ފެލިދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެވެކެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއު ނިމުމާއެކު، ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

މިމަޝްރޫއުގެ ދަށުން ތަނުގެ ވަށާފާރު ރޭނމުމާއި، އޮފީސް ބްލޮކަކާއި ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއުމުކުރެވޭއިރު، ޕޮލިސް ސްޓޭޝަނެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ގާއިމުކުރެވޭނެ އެވެ.

13.43 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ މިމަޝްރޫއު ނިންމަން ޖެހެ އެވެ.