ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.
މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެ އެވެ.